މި އަހަރުގެ ރޯދަ މަހު ސައުދީން 102 ގައުމަކަށް 700 ޓަނުގެ ކަދުރު ހަދިޔާކުރާނެ

މ
18 ފެބްރުއަރީ 2025 09:20އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

މި އަހަރުގެ ރޯދަ މަހު ސައުދީ އަރަބިއާ އިން 102 ގައުމަކަށް ކަދުރު ހަދިޔާކުރާނެ ކަމަށް އެ ގައުމުގެ އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

ސައުދީ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ސައުދީ ރަސްގެފާނުގެ ހަދިޔާ ޕްރޮގްރާމްގެ ދަށުން މިއަހަރު 700 ޓަނުގެ ކަދުރު ހަދިޔާކުރާނެ އެވެ. އެއީ މިދިޔަ އަހަރު ހަދިޔާކުރި އަދަދަށްވުރެ 200 ޓަނު އިތުރު އަދަދެކެވެ.

ސައުދީ މިނިސްޓްރީން ބުނެފައިވާ ގޮތުން އެ ކަދުރުތައް އެ ގައުމުގެ އެމްބަސީތައް މެދުވެރިކޮށް ގައުމުތަކަށް ބެހުމުގެ ހުރިހާ ތައްޔާރީއެއް މިހާރުވަނީ ނިމިފަ އެވެ.

ސައުދީގެ އިސްލާމިކް މިނިސްޓަރު ޝައިހް އަބްދުލްއާތިފް ބިން އަބްދުލްއަޒީޒު އަލް ޝައިހް ވަނީ އިސްލާމްދީނާއި މުސްލިމުންނަށް ހިދުމަތްކުރުމުގެ ވާޖިބު އަދާކުރުމަށާއި އިސްލާމްދީނުގެ އަގުތަކާއި އުސޫލުތައް ފެތުރުމަށާއި ނަފުރަތާއި ހަރުކަށި ފިކުރު އަދި ފިތުނަވެރިކަމާ ކުރިމަތިލުމަށް ސައުދީގެ ލީޑާޝިޕުން އެ މިނިސްޓްރީއަށް ދޭ ހިތްވަރަށް ޝުކުރު އަދާކުރައްވައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު