ޕީއެންސީ ޕީޖީގެ "ވޯމްއަޕް" ބައްދަލުވުމެއް، އަބްދުއްރަހީމް ބައިވެރިވެ ވަޑައެއް ނުގަންނަވާ

މ
5 ފެބްރުއަރީ 2025 19:541 މިނިޓުގެ ކިޔުން
Aa

ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީ ޕާލިމަންޓްރީ ގުރޫޕުގެ ބައްދަލުވުމެއް މިއަދު ބާއްވައިފި އެވެ.

މާދަމާ އޮންނަ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާއަށް ތައްޔާރުވުމަށް ޕީޖީ ގްރޫޕްގެ ’ވޯމް އަޕް‘ ބައްދަލުވުމެއް ބޭއްވި ކަމަށް ވިދާޅުވެ، މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި މިއަދު ބޭއްވި ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ނައިބު ރައީސް އަހުމަދު ނާޒިމެވެ.

އެކަމަކު އެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ. އަބްދުއްރަހީމް ހުންނެވީވެސް މާލޭގަ އެވެ. މިއީ ޕީޖީގެ ބައްދަލުވުމެއްގައި އެމަނިކުފާނު ބައިވެރިވެޑައިނުގަންނަވައި ދޫކޮށްލެއްވި ފުރަތަމަ ފަހަރެވެ.

ރައީސް މުއިއްޒު އާއި އަބްދުއްރަހީމްއާ ދެމެދު ކުރިން އޮތް ގާތް ގުޅުން ވަރަށް ބޮޑަށް ގޯސްވެފައިވާއިރު މަޖިލީހުގެ އިދާރާ އިން ބުނެފައިވާ ގޮތުން ރިޔާސީ ބަޔާން އިއްވަވަން މާދަމާ ބާއްވާ ޖަލްސާގެ ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަބްދުއްރަހީމެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު