ސްވިޑަންގައި ކީރިތި ގުރުއާން އެންދި މީހާގެ ގަޔަށް ބަޑި ޖަހައި މަރާލައިފި

މ
30 ޖަނަވަރީ 2025 17:06އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ސްވިޑެންގެ ވެރިރަށް، ސްޓޮކްހޯމްގެ މިސްކިތެއްގެ ކުރިމަތީގައި ހިޔާލު ފާޅުކުރުމުގެ ގޮތުން ކަމަށް ބުނެ، ކީރިތި ގުރުއާންގެ މުސްހަފެއް އެންދި ސަލްވާން މޮމިކާގެ ގަޔަށް ބަޑި ޖަހައި މަރާލައިފި އެވެ.

ސްވިޑަންގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވާ ގޮތުން މޮމިކާ މަރާލާފައިވަނީ އިއްޔެގެ ވަގުތެއްގައި ސްޓޮކްހޯމްގައި އޭނާ ދިރިއުޅޭ އެޕާޓްމަންޓަށް ވަދެ އެވެ. އެ މައްސަލައިގައި ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ސްޓޮކްހޯމްގެ ފުލުހުން ބުނެ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، މޮމިކާ ގަޔަށް ބަޑި ޖަހައި މަރާލި އިރު، އޭނާ ދިޔައީ ސޯޝަލް މީޑިއާގައި ލައިވްސްޓްރީމެއް ކުރަމުންނެވެ.

އިރާގުން ސްވިޑެންއަށް ހިޖުރަ ކޮށްފައިވާ އުމުރުން 38 އަހަރުގެ މޮމިކާ ކީރިތި ގުރުއާނުގެ މުސްހަފެއް އަންދާލީ 2023 ވަނަ އަހަރުގެ ބަރަކާތްތެރި އަޟްހާ އީދު ދުވަހު އެވެ. އެކަން ކުރުމަށް ހުއްދަ ދިނީ ސްވިޑަންގެ ފުލުހުންނެވެ.

އެކަމާއި ގުޅިގެން އިރާގުގެ ބަގުދާދުގައި ހުންނަ ސްވިޑެންގެ އެމްބަސީ ބޭރުގައި ދެ ފަހަރަށް މުޒާހަރާކުރި އިރު، އިރާގަށް ކަނޑައަޅުއްވާފައި ހުންނަވާ ސްވިޑަންގެ ސަފީރު ގައުމަށްވެސް ފޮނުވާލި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު