ރ. އަތޮޅުގެ ރިސޯޓަކުން ސްނޯކްލިން އަށް ދިޔަ އެ ރިސޯޓުގެ މުވައްޒަފަކު ގެއްލިގެން ހޯދަނީ

މ
28 ޖަނަވަރީ 2025 18:041 މިނިޓުގެ ކިޔުން
Aa

ރ. އަތޮޅުގައި އޮންނަ އިފުރު އައިލެންޑް ރިސޯޓުން ސްނޯކްލިންއަށް ދިޔަ އެ ރިސޯޓުގެ މުވައްޒަފު ގެއްލިގެން އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ފަށައިފި އެވެ.

ފުލުހުންގެ މީޑިއާ އިން ފޮނުވި މެސެޖެއްގައި ބުނީ، އެ މުވައްޒަފު ގެއްލުނީ އިއްޔެ މެންދުރުފަހު 3:35 ހާއިރު ކަމަށާއި އެ ހާދިސާ ފުލުހުންނަށް ރިޕޯޓް ކުރީ އިއްޔެ ހަވީރު 4:09 ހާއިރު ކަމަށެވެ.

ގެއްލިގެން ހޯދަމުންދަނީ އިންޑިއާއަށް ނިސްބަތްވާ ޕަރަމްޖީތް ސިންގް ރަވާތް ނަމަކަށް ކިޔާ ފިރިހެނެއް ކަމަށްވެސް ފުލުހުން ބުންޏެވެ.

އެ މައްސަލަ ފުލުހުން ތަހުގީގު ކުރަމުން އަންނައިރު، ގެއްލިގެން އުޅޭ މީހާ ހޯދުމުގެ މަސައްކަތް ސިފައިންވެސް ދަނީ ކުރަމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު