ހުއްދަ ނުހޯދައި ފާރު ތަޅާ މީހުންނަށް ފިޔަވަޅު އަޅަނީ

މ
28 ޖަނަވަރީ 2025 16:091 މިނިޓުގެ ކިޔުން
Aa

ހުއްދަ ނުނަގައި ފާރު ތަޅަމުންދާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް މާލެ ސިޓީ ކައުންސިލުން މިއަދު އެދިއްޖެ އެވެ.

ސިޓީ ކައުންސިލުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ ބައެއް މީހުން ކައުންސިލްގެ ހުއްދަ ނުހޯދައި ފާރުތަޅަމުންދާ ކަމަށެވެ.

ފާރު ތަޅަންވާނީ ސިޓީ ކައުންސިލުން އެކަމަށް ދޫކުރާ ހުއްދަ ހޯދައިގެން ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ހުއްދަ ނުހޯދައި ފާރުތަޅާ މީހުންނާއިމެދު ފިޔަވަޅު އަޅާނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ފާރު ތަޅާލުމުގެ ކުރިން ހުއްދަ ނަގަން އެދުނުއިރު، މާލޭގައި ގެއެއް އިމާރާތްކުރަނިކޮށް އެ ގެއާ ޖެހިގެން ހުރި ގެއެއް ވަނީ ގަނބައިގެންފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު