ތިނަދޫ ކައުންސިލުން ހެދީ ދޮގެއް، ތަހުގީގެއް އެއްބާރުލުމެއް ދީފައިނުވޭ: އޭސީސީ

މ
27 ޖަނަވަރީ 2025 12:351 މިނިޓުގެ ކިޔުން
Aa

އެންޓި ކޮރަޕްޝަން ކޮމިޝަނާއި ގުޅޭގޮތުން ތިނަދޫ ސިޓީ ކައުންސިލުން ފަތުރަމުންދަނީ ދޮގު ވާހަކަތަކެއް ކަމަށާއި އެ ކައުންސިލަށް ގޮސް ލިޔެކިއުންތައް ހޯދީ ހުރިހާ އިޖުރާއަތްތަކެއް ފުރިހަމަކުރުމަށް ފަހުގައި ކަމަށް އޭސީސީއިން ބުނެފި އެވެ.

ތިނަދޫ ސިޓީ ކައުންސިލުން މިއަދު ސޯޝަލް މީޑިއާގައިކުރި ޕޯސްޓެއްގައި ބުނީ އޭސީސީގެ ނަމުގައި އައި ބަޔަކު ކައުންސިލް އިދާރާގެ ގިނަ އަދަދެއްގެ ތަކެތި ވަގަށް ނަގާފައިވާ ކަމަށެވެ. ކައުންސިލުން ބުނީ އެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށާއި، އެ ހާދިސާއާ ގުޅިގެން ކައުންސިލްގެ ބައެއް ހިދުމަތްތައް މެދުކެނޑިފައިވާ ކަމަށެވެ.

އެކަން ދޮގުކޮށް އޭސީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ތިނަދޫ ކައުންސިލާއި ގުޅޭގޮތުން އޭސީސީއިން ތަހުގީގުކުރަމުންދާ މައްސަލަތަކާއި ގުޅިގެން އިއްޔެ ވަނީ އެ ކޮމިޝަންގެ ޓީމެއް ތިނަދޫ ސިޓީ ކައުންސިލްގައި ހަރަކާތްތެރިވެފައި ކަމަށެވެ. އޭސީސީން ބުނީ އެ ކޮމިޝަނަށް ހުށަހެޅިފައިވާ މައްސަލައަކާއި ގުޅޭގޮތުން ތަހުގީގަށް ބޭނުންވާ ލިޔެކިޔުން ހޯދުމުގެ މަސައްކަތް ކޮށްފައިވީ ނަމަވެސް އެކަމުގައި ކައުންސިލްގެ ފުރިހަަމަ އެއްބާރުލުން ލިބިފައިނުވާ ކަމަށެވެ.

”ގާނޫނު އަސާސީއާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނުގެ ދަށުން އަދި މި ކޮމިޝަންގެ ގާނޫނީ އިމުގެ ތެރެއިން އެންމެހާ އިޖުރާއަތްތައް ފުރިހަމަކުރުމަށް ފަހު އޭސީސީއިން ތަހުގީގަށް ބޭނުންވާ ލިޔެކިޔުންތައް ވަނީ ހޯދާފައި.“ އޭސީސީއިން ބުންޏެވެ.

އޭސީސީއިން ބުނީ އެކަމާއި ގުޅޭގޮތުން ކައުންސިލުން ހާލަކޮށްފައިވާ މައުލޫމާތަކީ ދޮގު ވާހަތަކެއް ކަމަށެވެ، އަދި އޭސީސީއާއި ގުޅޭގޮތުން ފަތުރަމުންދާ ހަގީގަތާ ހިލާފު މައުލޫމާތަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށާއި އެކަމާއި މެދު އިންތިހާއަށް ކަންބޮޑުވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު