ދާންދޫ ދާއިރާގެ ޕީއެންސީ މެންބަރު ފަޒީލް ވޯޓު ދިނީ ހައިދަރަށް ރުހުން ނުދޭން!

މ
20 ޖަނަވަރީ 2025 13:541 މިނިޓުގެ ކިޔުން
Aa

??????

ހަޔާ އެޑިއުކޭޝަން މިނިސްޓަރުގެ މަގާމަށް އައްޔަންކުރި ޑރ. އަލީ ހައިދަރަށް ރުހުން ނުދޭން ފެންނަ ކަމަށް ދާންދޫ ދާއިރާގެ މެންބަރު މުހައްމަދު ފަޒީލް ވޯޓު ދެއްވައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު، ކެބިނެޓަށް ގެންނެވި ބަދަލުތަކާއެކު އަލުން އައްޔަންކުރެއްވި ހަތަރު މިނިސްޓަރުންނަށް ރުހުން ދިނުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ބޭއްވި ޖަލްސާގައި ފިނޭންސް އެންޑް ޕްލޭނިން މިނިސްޓަރު މޫސާ ޒަމީރަށާއި އެގްރިކަލްޗާ އެންޑް ވެލްފެއާ މިނިސްޓަރު ޑރ. މަރިޔަމް މާރިޔާގެ އިތުރުން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބަށް ރުހުން ދިނީ ޖަލްސާގައި އެ ވަގުތު ތިއްބެވި މެންބަރުންގެ އިއްތިފާގުންނެވެ.

ނަމަވެސް ހައިދަރަށް ރުހުން ދޭން ނުފެންނަ ކަމަށް ހަ މެންބަރަކު ވޯޓު ދެއްވި އެވެ. އެއީ އިދިކޮޅު އެމްޑީޕީގެ ފަސް މެންބަރެއްގެ އިތުރުން މެންބަރު ފަޒީލެވެ.

އެމްޑީޕީގެ މެންބަރުންގެ ތެރެއިން ހައިދަރަށް ރުހުން ނުދޭން ވޯޓު ދެއްވި މެންބަރުންނަކީ:

  • ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު

  • ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

  • ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު (ފިއްޓޭ)

  • ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު

  • މާވަށު ދާއިރާގެ މެންބަރު އަހުމަދު ޝާކިރު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު