ވަޒީފާގެ އަހުލާގީ މިންގަނޑާ ހިލާފުވި މެޖިސްޓްރޭޓަކު ސަސްޕެންޑްކޮށްފި

މ
16 ޖަނަވަރީ 2025 16:40އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ވަޒީފާގެ އަހުލާގީ މިންގަނޑާ ހިލާފުވުމުގެ ސަބަބުން ވ. ފުލިދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޝީރީން ނާހިދާ ލަތީފް ސަސްޕެންޑްކޮށްފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ބުނެފި އެވެ،

ޖޭއެސްސީން ވަނީ މިދިޔަ އަހަރުގެ ތެރޭގައި ޝީރީންގެ ވަޒީފާގެ އަހުލާގުގެ މިންގަނޑާއި ހިލާފުވި މައްސަލައެއް ތަހުގީގުކޮށްފަ އެވެ. އެ މައްސަލަ ތަހުގީގު ކުރުމަށްފަހު ޖޭއޭސްސީން ނިންމީ އޭނާގެ މައްޗަށް ވަޒީފާގެ އަހުލާގީ މިންގަނޑާއި ހިލާފުވިކަން ސާބިތުވާ ކަމަށާއި އެކަމުގެ އަދަބެއްގެ ގޮތުގައި ތަމްރީނު ޕްރޮގްރާމެއް ފުރިހަމަ ކުރުމަށް އެންގުމަށެވެ.

ޖޭއެސްސީން މިއަދު ބުނީ ޝީރީންއާ ގުޅޭ ގޮތުން ތަހުގީގުކުރި މައްސަލަ އޭނާގެ މައްޗަށް ސާބިތުވާތީ 15 ދުވަހަށް މަގާމުން ސަސްޕެންޑްކުރާ ކަމަށެވެ. އެ މުއްދަތުގައި އޭނާގެ މުސާރައާއި އިނާޔަތް ނުހިނގާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު