ގެއަކުން ވަގަށް ނެގި ދެމިލިއަން ރުފިޔާގެ ސާމާނު ހޯދައި ވެރިފަރާތާއި ހަވާލުކޮށްފި

މ
1 ޖަނަވަރީ 2025 19:001 މިނިޓުގެ ކިޔުން
Aa

އިއްޔެގެ ވަގުތެއްގައި ގަލޮޅުގައި ހުރި ގެއަކުން ވަގަށް ނެގި ދެ މިލިއަނެއްހާ ރުފިޔާގެ ތަކެތި ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން މިއަދު އެކްސްގައިކުރި ޕޯސްޓެއްގައި ބުނީ އެ ގެއިން ވަގަށް ނެގި ތަކެތީގެ ތެރޭގައި ގިނަ އަދަދެއްގެ ޑޮލަރާއި ޔޫރޯ އާއި ފޯނާއި މެކް ބުކްއަކާއި އެއާ ޕެޑްތަކެއް ހިމެނޭ ކަމަށެވެ.

އެތަކެތި ހޯދާފައިވަނީ މައްސަލަ ހުށަހެޅުމާއެކު ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު