ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭ ރިކޯޑެއް ނުގެންގުޅެން: ފިނޭންސް

މ
31 ޑިސެމްބަރު 2024 17:181 މިނިޓުގެ ކިޔުން
Aa

ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން އައްޔަންކުރައްޗާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތާއި ސިޔާސީ މުވައަޒަފުންގެ ޖުމްލަ އަދަދަކީ ފިނޭންސް މިނިސްޓްރީ ބަލަހައްޓާ މައުލޫމާތުތަކެއްްނޫން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އެގޮތަށް ބުނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސިޔާސީ މުވައްޒަފުންގެ މައުލޫމާތާއި ޖުމްލަ އަދަދު ހޯދުމަށް ”މިހާޜު“ ނޫހުން ހުށަހެޅި އާރްޓީއައިގެ ޖަވާބުގަ އެވެ.

ފިނޭންސުން ބުނީ ސިޔާސީ މަގާމުތަކަށް އައްޔަންކުރާ މުވައްޒަފުންގެ އަދަދާއި އެ މުވައްޒަފުންގެ ވަނަވަރާއި އަދި މުވައްޒަފުންނާ ގުޅޭ އެއްވެސް މައުލޫމާތެއް އެ މިނިސްޓްރީން ރެކޯޑްކޮށް، ބަލަހައްޓަމުން ނުދާ ކަމަށެވެ. ވަކިވަކި މިނިސްޓްރީތަކުގައި އަދި އިދާރާތަކުގައި ތިބި ސިޔާސީ މުވައްޒަފުންގެ މުސާރައިގެ ކަންކަމަކީ އެ މިނިސްޓްރީއަކުން ނުވަތަ އިދާރާއަކުން ބަލަހައްޓާ ކަންކަން ކަމަށް ފިނޭންސް މިނިސްޓްރީގެ ޖަވާބުގައި ވެ އެވެ.

ނަމަވެސް ރައީސް އޮފީހުގައި މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް މިނިސްޓަރުގެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ޝަފީގު ވިދާޅުވެފައިވަނީ ސިޔާސީ މުވައްޒަފުންގެ ޖުމުލަ އަދަދާ ގުޅޭ މައުލޫމާތުތައް އެ މިނިސްޓްރީގައި ހުންނާނެ ކަމަށެވެ.

އެ މައުލޫމާތުތައް ދެއްވާނެ ކަމަށް ޝަފީގު އޭރު ވިދާޅުވިޔަސް އޭނާ އިސްތިއުފާ ދެއްވުމާ ހަމައަށް އެކަމެއް ނުކުރައްވަ އެވެ.

ސިޔާސީ މުވައްޒަފުންގެ އަދަދާ ގުޅޭ ރިކޯޑެއް ނުގެންގުޅެން: ފިނޭންސް

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު