ޕީއެސްއެމްގެ ޗެއާޕާސަން ކަމަށް ނަމްޒާ އައްޔަންކޮށްފި

މ
23 ޑިސެމްބަރު 2024 14:271 މިނިޓުގެ ކިޔުން
Aa

ޕީއެސްއެމްގެ ޗެއާޕާސަން ކަމަށް، ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އާމިނަތު ނަމްޒާ މިއަދު އައްޔަންކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ، ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި ޗެއާޕާސަން ކަމުގެ މަގާމަށް، މ.ހަނީކޯމްބް، އާމިނަތު ނަމްޒާ އައްޔަން ކޮށްފައިވާ ކަމަށެވެ.

ޕީސީބީން ބުނީ، ޕީއެސްއެމްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުކަމަށާއި މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ލ.އިސްދޫ، އިބްރާހީމް ނަސްރީން ވެސް އައްޔަންކޮށްފައިވާ ކަމަށެވެ.

ޕީއެސްއެމްގެ ޗެއާޕާސަންއަކަށް އެންމެ ފަހުން ހުންނެވީ އިބްރާހިމް ހިލްމީއެވެ. އޭނާގެ ދައުރު ހަމަވި ފަހުން، އެ މަގާމަށް ބޭފުޅަކު އައްޔަންކޮށްފައިވެއެވެ.

ޕީއެސްއެމްގެ އެމްޑީގެ މަގާމު ހުސްވީ، އެ މަގާމުގައި ކުރިން ހުންނެވި މުހައްމަދު ސައީދު މިދިޔަ އަންގާރަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު