އެޗްޑީސީގެ އެމްޑީގެ މަގާމަށް މައުރޫފް ޖަލީލް އައްޔަން ކުރައްވައިފި

މ
22 ޑިސެމްބަރު 2024 11:05އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަަރަކަށް މުހައްމަދު މައުރޫފް ޖަމީލު އައްޔަން ކުރައްވައިފި އެވެ.

އޭނާ އެ މަގާމަަށް އައްޔަންކުރިކަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ހާމަކުރީ މިއަދެވެ.

މައުރޫފް ވަނީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި، އެޗްޑީސީ އުފެއްދުމުގެ ކުރިން، ހުޅުމާލޭ ތަރައްގީ ކުރުމުގެ މަސައްކަތް ކުރި ހުޅުމާލޭ ތަރައްގީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު އަދާކުރައްވައިފަ އެވެ.

އަދި ވަނީ ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް އިންފްރާސްޓްރަކްޗާ މިނިސްޓަރުކަން އަދާކުރައްވައިފަ އެވެ.

މީގެ އިތުރުން މައުރޫފް ވަނީ އެޗްޑީސީ އާއި އެޗްޑީއެފްސީގެ މުހިއްމު މަގާމުތަކެއް އަދާކުރައްވައިފަ އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި އިބްރާހިމް ފަޒުލް ރަޝީދު ރޭ އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު