މަޑިފުށިން ގެއްލިގެން ހޯދި މީހާ ފެނިއްޖެ

މ
18 ޑިސެމްބަރު 2024 10:271 މިނިޓުގެ ކިޔުން
Aa

ތ. މަޑިފުށިން ގެއްލިގެން ހޯދަމުން ދިޔަ މީހާ މިހާރު ފެނިފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގެއްލިގެން ހޯދަން އިއުލާނުކޮށްފައި ވަނީ ތ. މަޑިފުށި، ބޮންތި ޙަސަން ނިހާލު (34އ) އެވެ.

ފުލުހުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގެއްލިގެން ފުލުހުންނަށް ރިފޯޓްކުރުމާ ގުޅިގެން ހޯދަމުންދިޔަ ހަސަން ނިހާލު، އިއްޔެގެ ވަގުތެއްގައި ފެނިފައިވާކަމަށް އާއިލާއިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.

ފުލުހުން އޭނާ ހޯދުމަށް އިއުލާނުކުރީ، ގެއްލިގެން އުޅޭތާ ދެ ދުވަސް ވެސް ވީ ފަހުންނެވެ.

މިދިޔަ އާދިއްތަ ދުވަހުގެ ރޭ ނިހާލުގެ އާއިލާއަށް ޚަބަރެއް ނުވެގެން 20:07 އެހާ ކަންހާއިރު ފުލުހުންނަށް އާއިލާއިން ވަނީ ރިޕޯޓު ކޮށްފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު