ބިދޭސިއަކަށް ވަޅިން ހަމަލާދީ ފޯނު ފޭރިގަތް މީހަކު ހައްޔަރުކޮށްފި

މ
5 ޑިސެމްބަރު 2024 15:401 މިނިޓުގެ ކިޔުން
Aa

ހުޅުމާލެ ފޭސް ދޭއްގެ ހިތިގަސްމަގުން ބިދޭސީއަކަށް ވަޅިން ހަމާލާދީ މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަަލައިގައި ހައްޔަރު ކޮށްފައިވަނީ ހއ. މާރަންދޫ، އުތުރުގެ އިބްރާހިމް މުހައްމަދު 40އ ކަމަށެވެ.

”މި މައްސަލައާ ގުޅިގެން ވަޅިން ހަމަލާދީ ފޭރުނު މީހާ ހޯދުމަށް ސީސީޓީ ފޫޓޭޖު ބަލައި ދެނެގަނެ އިއްޔެގެ ވަގުތެއްގައި އެ މީހާ ވަނީ ހައްޔަރުކޮށްފައި“ ފުލުހުން ބުންޏެވެ.

އިބްރާހިމް މުހައްމަދުގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ވަނީ ތަހުގީގު ނިމެންދެން ބަންދުކުރަން އަމުރުކޮށްފައި ކަމަށް ފުލުހުން ބުންޏެވެ.

”މި މައްސަލައާ ގުޅިގެން އިތުރު މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން“ ފުލުހުން ބުންޏެވެ.

އަނިޔާވި ބިދޭސީ މީހާއަށް އެޗް16 ކްލިނިކުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލައިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު