ރާއްޖޭގައި ތިބި އިންޑިއާގެ "މަދަނީ" މީހުންގެ ތަފުސީލުތައް ހާމަކުރަން ޑިފެންސަށް އަންގައިފި

މ
20 ނޮވެމްބަރު 2024 14:031 މިނިޓުގެ ކިޔުން
Aa

ރާއްޖޭގައި ހުރި އިންޑިއާގެ އަސްކަރީ މަތިންދާ އުޅަނދުތައް އޮޕަރޭޓު ކުރުމަށް ތިބި އެ ގައުމުގެ ”މަދަނީން“ގެ ހުރިހާ ތަފުސީލެއް ހާމަކުރަން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ޑިފެންސް މިނިސްޓްރީއަށް އަންގައިފި އެވެ.

”އަދަދު“ ނޫހުން ވަނީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ މައުލޫމާތު ސާފުކޮށްދިނުމަށް އެދިފަ އެވެ. އެ ނޫހުން އެދިފައިވަނީ ރާއްޖޭގައި ތިބި އިންޑިއާގެ މަދަނީންގެ ވަނަވަރާއި އެވްރެޖް އުމުރާއި އޭގެ ތެރޭގައި ހިމެނޭ އަންހެނުންނާއި ފިރިހެނުންގެ އަދަދާއި އޭގެން އެއްވެސް މީހަކު މީގެ ކުރިން އިންޑިއާގެ އަސްކަރިއްޔާގައި މަސައްކަތް ކުރިކަން ސާފުކޮށް ދިނުމަށެވެ.

ޑިފެންސް މިނިސްޓްރީން އެ މައުލޫމާތު ފޯރުކޮށް ދިނުމަށް އިންކާރުކުރުން ”އަދަދު“ ނޫހުން ބަނީ އެ މައްސަލަ އައިކޮމްއަށް ހުށަހަޅައިފަ އެވެ.

އައިކޮމްއިން އެ މައްސަލަ ބެލުމަށްފަހު ޑިފެންސް މިނިސްޓްރީއަށް އެންގީ ރަސްމީ ފަސް ދުވަހުގެ ތެރެއިގައި އެ މައުލޫމާތު ހާމަކުރުމަށެވެ.

އަދި މަދަނީން ގެނައުމަށް ދިވެހި ސަރުކާރުން ވަކި އެއްބަސްވުން ހަދާފައިވާނަމަ އެ އެއްބަސްވުން އޮތީ ފޮރިން މިނިސްޓްރީގައި ކަމުގައި ޑިފެންސުން މި މައްސަލާގެ އަޑުއެހުންތަކުގައި ބުނެފައިވާތީ އާރުޓީއައިގެ އެ ނުކުތާ ފޮރިންއަށް ބަދަލުކުރުމަށް ވެސް އައިކޮމް އިން ވަނީ އަންގާފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު