ނުރަސްމީ ދަތުރުފުޅެއްގައި ރައީސްގެ ދެކަނބަލުން ޔޫކޭއަށް، ހުރިހާ ހަރަދެއް ކުރައްވާނީ އަމިއްލަފުޅަށް

މ
20 ނޮވެމްބަރު 2024 23:551 މިނިޓުގެ ކިޔުން
Aa

ރައީސްގެ ދެކަނބަލުން

ނުރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު، މިރޭ އިނގިރޭސި ވިލާތަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، އެ ދަތުރުފުޅުގައި ރައީސް ކުރައްވާ އިދާރީ މަސައްކަތްޕުޅުތަކުގެ ހަރަދާއި އާއިލާއާއި އަމިއްލަފުޅު ކަންކަންވެސް ހިމެނޭ ގޮތުން، މުޅި ދަތުރުފުޅުގެ ހުރިހާ ހަރަދެއްވެސް ކުރައްވާނީ ރައީސް އަމިއްލަފުޅަށް ކަމަށެވެ.

ނަމަވެސް މިއީ ކިތައް ދުވަހުގެ ދަތުރުފުޅެއް ކަމެއް އަދި އެނބުރި ރާއްޖެ ވަޑައިގަންނަވާނީ ކޮންއިރަކު ކަމެއް ރައީސް އޮފީހަކުން ނުބުނެ އެވެ.

ރައީސްގެ ދެކަނބަލުން އެންމެ ފަހުން ނުރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އެ ފަހަރު ވަޑައިގެންނެވީ ސިންގަޕޫރަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު