މަސްވެރިންނަށް، ހައުސިން ލޯނުތަކަށް ކުރިމަތިލެވޭ ގޮތް ހަދައިފި

މ
14 ނޮވެމްބަރު 2024 14:411 މިނިޓުގެ ކިޔުން
Aa

ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުތަކުގެ ލޯނަށް މަސްވެރިންނަށް ކުރިމަތިލެވޭނެ ގޮތް ހަދައިފި އެވެ.

ފިޝަރީޒް މިނިސްޓްރީއާއި ހައުސިން މިނިސްޓްރީ ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު ވިދާޅުވީ ”ހިޔާވެހި ފައިނޭންސިން ސްކީމް“ ގެ ދަށުން މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ވެސް ކުރިމަތިލެވޭނެ ކަމަށެވެ.

”ހައުސިން ލޯނު ސްކީމްއަށް އެހެން ދާއިރާތައްވެސް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ވަކިން ހާއްސަކޮށް ދަފްތަރުވެފައި ތިބޭ ފަރާތްތައް ބައިވެރިކުރުމަކީ އަޅުގަނޑުމެން ރާވާފައި އޮތް ކަމެއް. އެގޮތުން ފަތުރުވެރިކަމުގެ ދާއިރާއާއި އަދި ދަނޑުވެރިކަމުގެ ދާއިރާގެ ފަރާތްތައްވެސް ބައިވެރިކުރުވުމަށް އަޅުގަނޑުމެން އޮތީ ކަނޑައަޅާފައި.“ ހައިދަރު ވިދާޅުވި އެވެ.

މަސްވެރިންގެ ތެރެއިން ލޯނަށް ކުރިމަތިލެވޭނީ މަސްވެރިންގެ ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް ކަމަށް ހައިދަރު ވިދާޅުވި އެވެ. ސަރުކާރުގެ ވިސްނުމަކީ ކުރިއަށްއޮތް ތަނުގައި އެހެން ދާއިރާތަކަށް އެ ފުރުސަތު ހުޅުވާލުން ކަމަށެވެ.

ހައިދަރު ވިދާޅުވީ އެގޮތަށް ސަރުކާރުން ނިންމީ އިގްތިސޯދީ މަސައްކަތް ކުރާ ހުރިހާ ފަރާތްތަކަކީ ވެސް މަސައްކަތުގެ ތެރޭގައި ޝާމިލްވާންޖެހޭ ބައެއްކަމަށް ގަބޫލުކުރާތީ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު