ރާއްޖޭގެ އެމްބަސީއެއް އިޓަލީގައި ހުޅުވަނީ

މ
11 ނޮވެމްބަރު 2024 12:58އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އިޓަލީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ، އިޓަލީގައި ރާއްޖޭގެ އެމްބަސީއެއް ހުޅުވުމަށް ބޭނުންވާކަން ދިވެހި ސަރުކާރުން ރަސްމީކޮށް އެދުމުން އެކަމަށް އިޓަލީގެ ސަރުކާރުން ހުއްދަ ދީފައިވާ ކަމަށެވެ.

”އަޅުގަނޑުމެން އެކަމަށް ހުށަހަޅައިގެން އިރާދަކުރެއްވިއްޔާ ޓޫރިޒަމަށް ވަރަށް މުހިންމު ވީމަ މިކަން ކުރަން މި ނިންމީ،“ ރައީސް ވިދާޅުވި އެވެ.

މި ސަރުކާރުން ތުރުކީގައިވެސް ރާއްޖޭގެ އެމްބަސީއެއް ހުޅުވާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ރާއްޖެއަށް މުހިންމު ގައުމުތަކުގައި އެމްބަސީތައް ހެދުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ނަމަވެސް އެއީ ކޮން ގައުމުތަކެއްކަން ރައީސް ވިދާޅެއްނުވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު