އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރާނެ ހަތް ރަށް އިއުލާނުކޮށްފި

މ
9 ނޮވެމްބަރު 2024 14:23އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު

އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީ ކުރާނެ ހަތް ރަށެއް ރައީސް މުހައްމަދު މުއިއްޒު ކަނޑައަޅުއްވައި، ހައުސިން މިނިސްޓްރީން އެ ރަށްތައް މިއަދު އިއުލާންކޮށްފި އެވެ.

ހައުސިން މިނިސްޓްރީން މިއަދު ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން އާބަން ސެންޓަރުތަކުގެ ގޮތުގައި ތަރައްގީކުރާނެ ރަށްތަކަކީ:

  • ރ. އުނގޫފާރު

  • ބ. އޭދަފުށި

  • ޅ. ނައިފަރު

  • އދ. މަހިބަދޫ

  • ފ. ނިލަންދޫ

  • ދ. ކުޑަހުވަދޫ

  • ލ. ފޮނަދޫ

ރައީސް މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ ގޮތުން ހަތް އާބަން ސެންޓަރަކާއި އުތުރާއި ދެކުނުގައި ޑިވެލޮޕްމަންޓް ޒޯނެއް ކަނޑަައަޅާނެ އެވެ. ތަރައްގީގެ ޕްލޭންތައް ރާވާނީ އެ ސަރަހައްދުތަކަށް ބެހިގެންދާ ގޮތަށެވެ. އެގޮތުން

  • ހއ. އަތޮޅާއި، ހދ. އަތޮޅު އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްގީގެ ޒޯނުގައި މައި ހަބަކީ ހދ. ކުޅުދުއްފުށި

  • ގއ. އަތޮޅާއި، ގދ. އަތޮޅާ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭ ދެކުނުގެ ތަރައްގީގެ ޒޯނުގައި މައި ހަބަކީ އައްޑޫ ސިޓީ

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު