ޕްރިޒަންސް ކްލަބްގެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތުވާ އާސިފް ސަސްޕެންޑްކޮށްފި

މ
8 ނޮވެމްބަރު 2024 20:571 މިނިޓުގެ ކިޔުން
Aa

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް (އޭސީޕީ) މުހައްމަދު އާސިފް

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ އެސިސްޓެންޓް ކޮމިޝަނާ އޮފް ޕްރިޒަންސް (އޭސީޕީ)ގެ މަގާމުގައި ހުންނެވި މުހައްމަދު އާސިފް ސަސްޕެންޑް ކޮށްފި އެވެ.

ކަރެކްޝަންސްގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ، އާސިފް ސަސްޕެންޑް ކޮށްފައިވަނީ ބަލަމުން އަންނަ މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް ތަހުގީގު ކުރިއަށްދާ މައްސަލައަކަށްވާތީ މި ވަގުތު އިތުރު މައުލޫމާތު ހާމަކުރެވެން ނެތް ކަމަށް ވިދާޅުވި އެވެ.

އާސިފް ސަސްޕެންޑް ކުރި އިރު، ޕްރިޒަންސް ކުލަބުގެ އެކައުންޓުން 200،000 ރުފިޔާއަށްވުރެ ގިނަ ފައިސާ އެކިއެކި އެކައުންޓުތަކަށް ޖަމާކުރި މައްސަލައެއް ވަނީ ފެންމަތިވެފަ އެވެ. މިދިޔަ ޖުލައި މަހު ފެންމަތިވި އެ މައްސަލައިގައި ތުހުމަތު ކުރަނީ އާސިފަށެވެ. އޭނާއަކީ އެ ކްލަބުގެ ރައީސެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު