އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ ބާރަށް ކުރިއަށް

މ
27 އޮކްޓޫބަރު 2024 16:471 މިނިޓުގެ ކިޔުން
Aa

ހއ. އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް އެ މަސައްކަތް ކުރަމުންދާ ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފި އެވެ.

އާރްޑީސީން މިއަދު ބުނީ އިހަވަންދޫގައި ޒަމާނީ ފެންވަރަށް ތަރައްގީ ކުރަމުންދާ މަގުތަކުގައި މިވަގުތު ކުރިއަށްދަނީ ކޮނެގެން ކުރަންޖެހޭ މަސައްކަތްތައް ކަމަށެވެ.

އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 15 މަގެއް ހިމެނޭހެން 6.9 ކިލޯ މީޓަރުގެ މަސައްކަތް ކުރާނެ ކަމަށާއި އެ މަގުތަކުގައި މިހާރު ކުރިއަށްދަނީ ކޭބަލް ޖަންކްޝަން ބެހެއްޓުމާއި ހޮޅި އެޅުމުގެ މަސައްކަތްތައް ކަމަށް އާރްޑީސީން ބުންޏެވެ.

މީގެ އިތުރުން ކާބް ސްޓޯން ޖެހުމުގެ މަސައްކަތާއި މަޝްރޫއަށް ބޭނުންވާ ކާސްޓިން މަސައްކަތް އިހަވަންދޫ ސައިޓުގައި ދަނީ ކުރަމުން ކަމަށް އާރްޑީސީން ބުންޏެވެ.

މުޅި މަޝްރޫއުގެ20 ޕަސަންޓް މަސައްކަތް ނިމިފައިވާ ކަމަށް އާރްޑީސީން ބުންޏެވެ.

އިހަވަންދޫ މަގު ހެދުމުގެ މަޝްރޫއުގެ މަޝްރޫއަކީ102،846،733.89 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުއެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު