ޔޫރަޕް ކޮލިޓީގެ ބޭސް ލިޔާ ގޮތަށް ބަދަލެއް ގެނެސްފި

މ
21 އޮކްޓޫބަރު 2024 21:271 މިނިޓުގެ ކިޔުން
Aa

ބޭސް ސިޓީގައި ޔޫރަޕް ކޮލިޓީގެ ބޭސް ލިޔާ ގޮތަށް އާސަންދައިން ބަދަލެއް ގެނެސްފި އެވެ.

އާސަންދަ ކުންފުނިން މިއަދު ބުނީ ޔޫރަޕް ކޮލިޓީގެ ހަތް ބޭހެއް ވަނީ ރާއްޖެއަށް ގެނެސްފައި ކަމަށެވެ. އެ ހަތް ބޭހާއެކު ޑޮކްޓަރުން ބޭސް ސިޓީ ލިޔާގޮތަށް ބަދަލު ގެނެސްފައިވާ ކަމަށް އާސަންދައިން ބުންޏެވެ.

އެގޮތުން އާސަންދައިން ބުނީީ އެ ހަތް ބާވަތުގެ ބޭހުގެ ވަކި ބްރޭންޑެއްގެ ނަން ޖެހުމުގެ ބަދަލުގައި ޖެނެރިކް ނަން ޖަހަން ޖެހޭ ގޮތަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. ބޭސް ސިޓީގައި ވަކި ބްރޭންޑެއް ޖަހާނަމަ ސަބަބު ޖަހަން ޖެހޭ ގޮތަށް ވެސް މިހާރު ހަދައިފައިވާ ކަމަށް އާސަންދައިން ބުންޏެވެ.

ސަރުކާރުން އަންނަނީ ރާއްޖެއިން ފެންވަރު ރަނގަޅު ބޭސް ލިބޭނެ ގޮތް ކަށަވަރުކުރުމުގެ ގޮތުން ކަމާގުޅޭ ފަރާތްތާ ގުޅިގެނ ބަލްކް ޕްރޮކިއުމަންޓް އުސޫލުން ޔޫރަޕުން ބޭސް ގެންނަމުންނެވެ.

ފުރަތަމަ ފިޔަވަހީގައި، މިދިޔަ ޖުލައި މަހު ފުރަތަމަ ހަތް ބޭހެއް ގެނެސްފައިވެ އެވެ.

Europe quality ge beys bulk koh genumun aharaku 300 million salaamaiy vey!

ސަރުކާރުގެ އަމާޒަކީ އަސާސީ ބޭސް ލިސްޓުގައި މިހާރު ހިމެނޭ ހުރިހާ ބޭހެއް ޔޫރަޕް ކޮލިޓީގައި އެސްޓީއޯ މެދުވެރިކޮށް ގެންނާށެވެ. އެ ލިސްޓުގައި މިހާރު 400 ބޭސް ހިމެނޭއިރު، އެ ލިސްޓަށް ބޭސް ގެނެސް ނިމުމުން 300 މިލިއަނެއްހާ ރުފިޔާ ސަލާމަތްކުރެވޭނެ އެވ

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު