ބުޅާ ފެސިލިޓީ އަންނަ މަހުގެ 2 ގައި ހުޅުވަނީ

މ
24 އޮކްޓޫބަރު 2024 12:121 މިނިޓުގެ ކިޔުން
Aa

ބުޅާތައް ބަލަހައްޓަން ހުޅުމާލޭގައި ހަދާ ބުޅާ ފެސިލިޓީ އަންނަ މަހުގެ 2 ގައި ހުޅުވަން ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓްރީން ބުނެފި އެވެ.

އެ މިނިސްޓްރީން މިއަދު ބުނީ ބުޅާ ފެސިލީޓީގައި މިހާރު ކުރަމުންދަނީ ފިނިޝިން މަސައްކަތްތައް ކަމަށެވެ.

”އަންނަ މަހުގެ ދޭއްގައި ހުޅުވުމަށް ތައްޔާރީތައް ދަނީ ވަމުން،“ މިނިސްޓްރީން ބުންޏެވެ.

ބުޅާ ފެސިލިޓީ ހަދަމުން އަންނަނީ، ހުޅުމާލެ ފަރުކޮޅުފުށިން މާލޭ ސިޓީ ކައުންސިލާ އެޗްޑީސީން ހަވާލުކުރި 5000 އަކަފޫޓުގެ ބިމެއްގަ އެވެ. އެއީ ހިޔާގެ ރަތް ކުލައިގެ ޓަވަރުތަކާ ދިމާލުން އޮންނަ ބިމެކެވެ.

މިދިޔަ މާޗް މަހުގެ ތެރޭގައި ހަދަން ފެށި ފެސިލިޓީ ނިންމައި ހުޅުވަން ތައްޔާރުވެފައިވާއިރު މި ތަނަށް ބޭނުންވާ ޑޮކްޓަރަކާއި ދެ ވެޓެރިނަރީ ނަރުހުން ހޯދަން ކައުންސިލުން ވަނީ އިއުލާނުކޮށްފަ އެވެ.

ވެޓެރިނޭރިއަންއެއް ހޯދަން އިއުލާންކޮށްފައި ވަނީ 35،000ރ. އަށެވެ. ވެޓެރިނަރީ ނަރުހުންގެ މުސާރައިގެ ގޮތުގައި8،130ރ ލިބޭނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު