އުމުރުން ދުވަސްވީ މީހެއްގެ އަތުން 25،000 ރުފިޔާ ވަގަށް ނެގި ދެ މީހަކު ހައްޔަރުކޮށްފި

މ
24 އޮކްޓޫބަރު 2024 11:511 މިނިޓުގެ ކިޔުން
Aa

އުމުރުން ދުވަސްވީ މީހެއްގެ ކޭޝްކާޑުން ވަގަށް ނެގުމަށްފަހު 25،000 ރުފިޔާ ވަގަށް ނެގި މައްސަލައަކާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެކަމުގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ 20:13 އެހާކަންހާއިރު ކަމަށެވެ. އެއީ ގއ. ވިލިނގިލީގައި ހިނގި ހާދިސާއެއް ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންނަކީ ވިލިނގިލި، ލައިފް، މުހައްމަދު ޝައިން ޝަމީޒް (22އ) އަދި ލ. ގަން، ތުނޑީ، ނޯތް ހެވަން، ހަމްދޫން ހަލީލް (24އ) ކަމަށް ފުލުހުން ބުންޏެވެ.

”އެ މީހުން ހައްޔަރުކޮށް އެ މީހުން ދަތުރުކުރި ލޯންޗު ބަލައިފާސްކުރިއިރު ކޭޝްކާޑު ބޭނުން ކޮށްގެން އެ މީހުން ވަގަށް ނެގި ކަމަށް ބެލެވޭ 25،000 ރުފިޔާގެ ތެރެއިން 23،000 ރުފިޔާ ފެނިފައިވޭ“ ފުލުހުން ބުންޏެވެ.

އެ ދެ މީހުން ހައްޔަރުކޮށްފައިވަނީ ގއ. މާމެންދޫން، ވިލިނގިއްޔަށް ދަނިކޮށް ކަނޑުމަތިން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު