ޑޯރޭމޮންއަށް އަޑު އެޅި އޮޔަމާ މަރުވެއްޖެ

މ
11 އޮކްޓޫބަރު 2024 17:041 މިނިޓުގެ ކިޔުން
Aa

އެތައް ޖީލަކަށް މަޝްހޫރު، ޖަޕާންގެ އެނިމެ، ޑޯރޭމޮންއަށް އަޑު އެޅި ނޮބުޔޯ އޮޔަމާ މަރުވެއްޖެ އެވެ.

އޮޔަމާގެ އެޖެންސީ، އެކްޓާސް 7 އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އޮޔަމާ މިދިޔަ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހު މަރުވެފައިވާ ކަމަށެވެ. އަދި ގާތް މީހުންނަށް އެކަނި ދައުވަތު ދީގެން ޖަނާޒާއެއް ބާއްވާފައިވާ ކަމަށްވެސް ބުންޏެވެ.

އެ ބަޔާނުގައި އެ އެޖެންސީން ވަނީ އޮޔަމާގެ މަރު އެހާ ލަހުން ހާމަ ކުރެވުނީތީ މައާފަށް އެދިފަ އެވެ.

ޓޯކިޔޯއަށް އުފަން އޮޔަމާ އެންމެ ބޮޑަށް މަޝްހޫރުވީ 1979 ވަނަ އަހަރުން 2005 ވަނަ އަހަރަށް ދެއްކި ޑޯރޭމޮން ޓީވީ ޝޯއިންނެވެ. ނަމަވެސް ޑޯރޭމޮންއަށް އަޑު އެޅުމުގެ ކުރިން އޭނާ ވަނީ ޖަޕާނުގެ ޕަބްލިކް ބްރޯޑްކާސްޓާ އެންއެޗްކޭގެ ޕަޕެޓް ޝޯއެއް ކަމަށްވާ ’ބޫ ފޫ ވޫ‘ އަށްވެސް އަޑު އަޅައިފަ އެވެ. އެ ޝޯ ކުރިއަށް ދިޔައީ 1960 އިން 1967 ވަނަ އަހަރަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު