ސިފައިންގެއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ސިފައިންގެ ވަޒީފާ އަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ ހަފުތާގައި އާންމުކޮށްފައިވާ އިއުލާނެއްގައި ބުނެފައިވާ ގޮތުން ސިފައިންގެ ވަޒީފާއަށް ރެކްރޫޓް ކުރާ މީހުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ޝަރުތުތަކުގެ ތެރޭގައި:

  • ދިވެހި ރައްޔިތެއް ކަމުގައިވުން.

  • އުމުރުން 18 އަހަރު ފުރި 25 އަހަރު ނުފުރޭ މީހަކު ކަމުގައިވުން.

  • ސިފައިންގެ ވަޒީފާ އަދާކުރެވޭފަދަ ޞިއްޙަތެއްގައި ހުރިމީހަކު ކަމުގައިވުން.

  • ވޭތުވެދިޔަ 5 އަހަރު ދުވަހުގެތެރޭގައި ކުށުގެރެކޯޑެއް އޮތްމީހަކުކަމުގައި ނުވުން.

  • ސިޔާސީ ޕާޓީއެއްގެ މެމްބަރެއްކަމުގައި ނުވުން.

އިއުލާނުގައި ބުނެފައިވާ ގޮތުން، ސިފައިންގެ ވަޒީފާއަށް މީހުން ހޮވުމުގައި މަތީގައިވާ ޝަރުތުތަކުގެ އިތުރުން ކުރެވޭ އިންޓަވިއުތަކަށާއި ފުރަތަމަ އިންޓަވިއު އިން ފާސްވާ މީހުންނަށް ދޭ ފިޒިކަލް (ޕުޝްއަޕްސް، ސިޓްއަޕްސް، ޕުލްއަޕްސް، ދުވުން އަދި ފެތުން) އަދި އެޕްޓިޓިއުޓް ޓެސްޓުން އެ މީހަކު ހޯދާ ނަތީޖާގެ އިތުރުން އިސްކޮޅާއި ހަށިގަނޑުގެ ރޫފައަށް ބަލާނެ އެވެ.

މުސާރައާއި އިނާޔަތް

ސިފައިންގެ ވަޒީފާއަށް ހޮވޭ ފަރާތްތަކަށް އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރުމާއި ހަމައަށް މުސާރަ އާއި އެލަވެންސްގެ ގޮތުގައި 12400ރ. ލިބޭނެ އެވެ. އަދި އަސާސީ ތަމްރީން ކޯސް ފުރިހަމަ ކުރުމުން މުސާރައާއި އެލަވަންސްގެ ގޮތުގައި 15500ރ. އާއި މަސައްކަތް ކުރާ ދާއިރާއެއްގެ ގޮތުން ހަމަޖެހިފައިވާ އިތުރު އެލަވަންސްތައް ލިބޭނެ އެވެ.

އިއުލާނުގައި އިތުރަށް ބުނެފައިވާ ގޮތުން ވަޒީފާ އަށް އެދޭ ފޯމް ބަލައިގަންނާނީ އަންނަ ފެބްރުއަރީ މަހުގެ 15 ވަނަ ދުވަހުގެ މެންދުރުފަހު 2:00ގެ ނިޔަލަށް، އެމްއެންޑީއެފްގެ މަރުކަޒުތަކުގެ އިތުރުން ދިފާއީ ވުޒާރާ އިންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު