ރައީސް މުއިއްޒަށް މަރުގެ އިންޒާރު ދިން ކަމަށް ތުހުމަތުވާ މީހާގެ ބަންދަށް ދިނީ 15 ދުވަސް

މ
9 އޮކްޓޫބަރު 2024 21:10އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒު އަވަހާރަކޮށްލާނެ ކަމަށް ބުނެ އިންޒާރު ދިން މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ގ. ސަންސަންގެއާގެ، އަބްދުﷲ މިޔާދު (40އ)، 15 ދުވަހަށް ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފި އެވެ.

ރައީސް އަވަހާރަކޮށްލާނެ ކަމަށް ބުނެ ”އަބްލޯ މިޔާދް ޔޫސުފް“ގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަކުން އިންޒާރު ދިނީ އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ. ގެ މައި އޮފީހުގައި މިދިޔަ މަހުގެ 26 ގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް ދެއްކެވި ވާހަކަފުޅެއްގެ ފޭސްބުކް ލައިވްއެއްގެ ތެރެއިން ކުރި ކޮމެންޓެއްގައެވެ.

އެ މައްސަލައިގައި އަބްދުﷲ މިޔާދު ހައްޔަރުކުރީ ރާއްޖެއިން ބޭރުގައި އުޅެފައި ރޭގެ ވަގުތެއްގައި ރާއްޖެ އައުމުންނެވެ.

ފުލުހުން އޭނާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި:

  • ފޭސްބުކް އެކައުންޓަކުން ރައީސް މުއިއްޒާއި ދައުލަތުގެ ވެރިންނަށް މަރުގެ އިންޒާރު ދިނުން

  • އެހެން މީހުންނަށްވެސް މަރުގެ އިންޒާރުދީ އެ ނޫން ގޮތްގޮތުން ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރު ދިނުން

  • ހަޑިހުތުރު ބަހުން އެކި ޕޯސްޓުކުރަމުން ގެންދިއުން

  • އެއް ޖިންސުން ގުޅުން ހިންގުމަށް ހިތްވަރުދޭ ގޮތަށް ޕޯސްޓުތައް ކުރަމުންދިއުން

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު