އައްޑޫގައި، އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފި

މ
7 އޮކްޓޫބަރު 2024 14:571 މިނިޓުގެ ކިޔުން
Aa

އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގައިމުކުރުމާ ގުޅޭގޮތުން ރާއްޖެއާއި އިންޑިއާއާ ދެމެދު މަޝްވަރާކޮށްފި އެވެ.

އެ މަޝްވަރާތައް ކޮށްފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު އިންޑިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން ނަރެންދުރަ މޯދީއާއި ބައްދަލުކުރައްވައި މިއަދެވެ.

އެ ބައްދަލުވުމުގައި އިންޑިއާގެ ބަންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

އިންޑިއާގެ ކޮންސިއުލޭޓެއް އައްޑޫގައި ހުޅުވުމުގެ ވާހަކަތަކެއް ކުރީ ސަރުކާރުގައި ވެސް ދެކެވުނެވެ. އެއިރު އެކަމާ އެންމެ ދެކޮޅު ހަދައި އަޑުއުފުލީ މިހާރު ވެރިކަމުގައި އޮތް ޕީޕީއެމް/ޕީއެންސީ ކޯލިޝަނުންނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު