ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ގޮތް ހަދައިފި

މ
7 އޮކްޓޫބަރު 2024 13:51އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރާއްޖޭގައި އިންޑިއާގެ ރުޕޭ ކާޑު ބޭނުންކުރެވޭ ހަދައިފި އެވެ.

އެކަން އެގޮތަށް ހަމަޖެއްސީ ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް މިހާރު ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ ދަތުރުފުޅުގެ ތެރެއިން ދެ ގައުމުގެ ދެމެދުގައި މިއަދު ސޮއި ކުރި އެއްބަސްވުންތަކުގެ މައުލޫމާތު ހިއްސާ ކުރުމަށް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީ އާއި ރައީސް މުއިއްޒު ވަނީ ޖޮއިންޓު ޕްރެސް ސްޓޭޓުމެންޓެއް ދެއްވައިފަ އެވެ.

އެ ޖޮއިންޓް ޕްރެސް ސްޓޭޓްމެންޓުގައި މޯދީ ވިދާޅުވީ ރުޕޭ ކާޑު ރާއްޖޭގައި ބޭނުންކުރެވޭ ގޮތް ހަދައި އެކަމުގެ އެއްބަސްވުމުގައި ދެގައުމުގެ މެދުގައި ސޮއިކޮށްފައިވާ ކަމަށެވެ.

މޯދީ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިންސްޓެންޓު ސިސްޓަމް، ޔުނިފައިޑް ޕޭމަންޓު އިންޓަފޭސް (ޔޫޕީއައި)ގެ ހިދުމަތް ވެސް ރާއްޖޭގައި ފަށާނެ ކަމަށެވެ. މިއަދު ވަނީ އެކަމާ ބެހޭ އެއްބަސްވުމުގައި ވެސް ދެގައުމުގެ މެދުގައި ސޮއިކޮށްފައި ކަމަށް މޯދީ ވިދާޅުވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު