ފޮޓޯ | ރައީސް އޮފީސް

ސައުދީ އާއެކު ގުޅުން އިތުރަށް ބަދަހިވީ ރައީސްގެ މަސައްކަތުން: ނައިބު ރައީސް

މ
23 ސެޕްޓެމްބަރު 2024 11:291 މިނިޓުގެ ކިޔުން
Aa

ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފު: އެމަނިކުފާނު ވަނީ ސައުދީ އަރަބިއްޔާގެ 94 ވަނަ ގައުމީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައި.

ސައުދީ އަރަބިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެފައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އިސްކޮށް ހުންނަވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ ސަބަބުން ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއާގެ 94 ވަނަ ގައުމީ ދުވަހުގެ މުނާސަބަތުގައި ވިލާ ނޯޓިކާގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވަނީ ސައުދީ ރަސްގެފާނު، ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި ވަލީއަހުދު މުހައްމަދު ބިން ސަލްމާން ބިން އަބްދުލްއަޒީޒް އާލް ސައުދާއި ސައުދީ އަރަބިއްޔާގެ ސަރުކާރާއި ރައްޔިތުންނަށް ތަހުނިޔާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވައިފަ އެވެ.

އަދި އާންމު އިސްލާމީ އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ ދެ ގައުމުގެ ގާތް ގުޅުމަށް އަލިއަޅުއްވާލައްވައިފަ އެވެ.

ނައިބު ރައީސްގެ ވާހަކައިގައި ނިމިދިޔަ ހައްޖު މޫސުމުގައިވެސް ދިވެހި ހައްޖާޖީންނަށް ސައުދީ އިން ބެހެއްޓި އޯގާތެރިކަމާއި އަދާކުރި މެހުމާންދާރީ ފާހަގަކުރެއްވި އެވެ. އަދި ސައުދީ ފަންޑް ފޮ ޑިވަލޮޕްމަންޓް މެދުވެރިކޮށް، ރާއްޖެއަށް ލިބެމުންދާ އެހީއަށް ޝުކުރު އަދާކުރެއްވި އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު