ގުދުރަތީ ގޭހުން ރާއްޖޭގައި ކަރަންޓު އުފައްދަން ސިންގަޕޫރު ކުންފުންޏެއްގެ ހުށަހެޅުމެއް

މ
18 ސެޕްޓެމްބަރު 2024 11:461 މިނިޓުގެ ކިޔުން
Aa

ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ނުވަތަ ގުދުރަތީ ގޭސް ބޭނުންކޮށްގެން ރާއްޖޭގައި ކަރަންޓު އުފެއްދުމުގެ ޝައުގުވެރިކަން ފާޅުކޮށް ސިންގަޕޫރު ކުންފުންޏަކުން ޕްރޮޕޯޒަލެއް ހުށަހަޅައިފި އެވެ.

ސިންގަޕޫރުގެ ޗީ އެނާޖީ ނަމަކަށް ކިޔާ ކުންފުނިން ހުށަހަޅާފައިވާ ޕްރޮޕޯޒަލުގެ ޕްރެޒެންޓޭޝަނެއް އެ ކުންފުނިން އިއްޔެ އެންވަޔަރަމަންޓް މިނިސްޓްރީއާ ހިއްސާކޮށްފައިވެ އެވެ.

އިއްޔެ އެ ކުންފުނީގެ ޕްރޮޕޯސަލުގެ ޕްރެޒެންޓޭޝަން ހުށަހެޅި ބައްދަލުވުމުގައި އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހީމާއި އެ މިނިސްޓްރީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެލްއެންޖީއަކީ ގުދުރަތީ ގޭސް ލިކުއިޑް ނުވަތަ ދިޔައި އެއްޗަކަށް ބަދަލުކޮށްގެން އުފައްދާ ޕްރޮސެސްޑް ގުދުރަތީ ގޭހެކެވެ. އެލްއެންޖީ ބޭނުންކޮށްގެން ހަކަތަ އުފެއްދުމަކީ ތެޔޮ ބޭނުންކޮށްގެން ހަކަތަ އުފެއްދުމަށްވުރެ ތިމާވެއްޓާ ރަށްޓެހި ގެއްލުން ކުޑަ ގޮތެކެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު