ލަންކާގެ އިންތިހާބާ ގުޅިގެން ދިވެހިން ސަމާލުވާން އެދިއްޖެ

މ
19 ސެޕްޓެމްބަރު 2024 22:271 މިނިޓުގެ ކިޔުން
Aa

މިއަންނަ ހަފުތާ ބަންދުގެ ހޮނިހިރު ދުވަހު ސްރީ ލަންކާގައި ބާއްވާ އެ ގައުމުގެ ރިޔާސީ އިންތިހާބާ ގުޅިގެން، އެ ގައުމުގައި ދިރިއުޅޭ ދިވެހިން ސަމާލުވާން ލަންކާގެ، ވެރިރަށް ކޮލަމްބޯގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުން އެދިއްޖެ އެވެ.

ހައި ކޮމިޝަނުން ދިވެހިންނަށް ފޮނުވަމުންދާ މެސެޖެއްގައި ވަނީ ލަންކާގެ ރިޔާސީ އިންތިހާބާ ގުޅިގެން، އެ ގައުމުގެ ސަލާމަތީ ފިޔަވަޅުތައް އިތުރު ކޮށްފައިވާ ކަމަށާއި ދިވެހިން ވެސް އެކަމަށް ސަމާލުވާން އިލްތިމާސް ކުރާ ކަމަށެވެ.

އެގޮތުން ބޭރަށް ނުކުމެ އުޅޭއިރު، ކާކުކަން އަންގައިދޭ ރަސްމީ ލިޔުމެއް ގެންގުޅުމަށާއި ގިނަ މީހުން ޖަމާވާ ތަންތަނާއި ވޯޓުލާ މަރުކަޒުތައް ކައިރިއަށް ވީހާ ވެސް ބޮޑަށް ނުދިޔުމަށާއި ދަންވަރުގެ ގަޑިތަކުގައި ބޭރަށް ނުކުމެ ނޫޅުމަށް ވެސް އިލްތިމާސްކުރާ ކަމަށް ހައި ކޮމިޝަނުން ބުންޏެވެ.

ލަންކާގެ ފުލުހުން ނުވަތަ ސަލާމަތީ ހިދުމަތްތަކުގެ އިރުޝާދުތަކަށް ކިޔަމަން ވުމަށާއި ޒަރޫރީ ތަކެތި ދުރާލާ ހޯދުމަށް ހައި ކޮމިޝަނުން ވަނީ އެދިފަ އެވެ.

އަދި ވަނީ ކުރިޔަށް އޮތް ހަފުތާ ބަންދު ދުވަސްތަކަށް ވިސްނައި، ވިސާއާ ގުޅުން ހުރި ކަންކަން ހަމަޖެއްސުމަށް ވެސް އެދިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު