އިމިގްރޭޝަން އޮފިސަރެއް ކަމަށް ބުނެ ބިދޭސީއެއްގެ އަތުން މޯބައިލް ފޯނާއި ފައިސާތަކެއް ފޭރިއްޖެ

މ
17 ސެޕްޓެމްބަރު 2024 10:211 މިނިޓުގެ ކިޔުން
Aa

ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ވަދެ ބިދޭސީއެއްގެ އަތުން ފޯނާއި ފައިސާތަކެއް ފޭރުނު މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، އިއްޔެ ރިޕޯޓްކުރި އެ މައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވަނީ ގ. ބެރުގެ/ މުހައްމަދު ނަވީން (44އ) ކަމަށެވެ.

އޭނާ ހައްޔަރުކުރީ ބިދޭސީން ދިރިއުޅޭ ތަނަކަށް އިމިގްރޭޝަން އޮފިސަރެއްގެ ނަމުގައި ތިން މީހަކު ވަދެ، ބަންގްލަދޭޝް މީހެއްގެ އަތުން މޯބައިލް ފޯނަކާއި 9000ރ. ފޭރުނު މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝައްމާން ވަހީދު ވިދާޅުވީ، އިމިގްރޭޝަންގެ ރެއިޑްތަކުގައި އޮފިސަރުންގެ އިމިގްރޭޝަން ފާސް ފެންނަ ގޮތަށް ހުންނާނެ ކަމަށާއި އަދި މިހާރުގެ އޮޕަރޭޝަންތަކަކީ ޔުނީފޯމް ލައިގެން ކުރިއަށް ގެންދާ އޮޕަރޭޝަންތަކެއް ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު