ރެހިބިލިޓޭޝަން ސެންޓަރުތައް ހިންގަން ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭން ހިންގާ ރެހިބިލިޓޭޝަން ސެންޓަރުތައް ހިންގަން ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ހުޅުވާލައިފި އެވެ.

އެންޑީއޭ އިން މިއަދު ނެރުނު އިއުލާނެއްގައި ބުނީ، މަސްތުވާތަކެއްޗަށް ފަރުވާ ދޭ މަރުކަޒުތައް އުފައްދައި ހިންގުމަށް ޝައުގުވެރިވާ އަމިއްލަ ފަރާތްތަކަށް އެ ފުރުސަތު ދިނުމުގެ އިހުތިޔާރު ލިބި ދީފައިވާތީ އެކަމަށް ހުޅުވައިލާ ކަމަށެވެ. އެހެންވެ ޝައުގުވެރިވާ ފަރާތްތަކުން ރަޖިސްޓްރީވުމުގެ ފުރުސަތު މި މަހުގެ 21 އާ ހަމައަށް ހުޅުވާލައިފައިވާކަމަށައި، އަދި މިމަހުގެ 22ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެކަމަށެވެ.

އެންޑީއޭ އިން ބުނީ މިކަމާ ގުޅޭ ގޮތުން މައުލޫމާތު ދޭން ބާއްވާ ސެޝަނެއް އަންނަ ބުދަ ދުވަހު ހެނދުނު 10:00 ގައި އެސެންޓަރުގައި އޮންނާނެ ކަމަށެވެ.

ޑްރަގު ރިހެބިލިޓޭޝަން ސެންޓަރުން ފޯރުކޮށް ދޭން ޖެހޭ ހިދުމަތްތަކުުގެ ތެރޭގައި އައުޓް ޕޭޝަންޓް ޑީޓޮކްސިފިކޭޝަން ޚިދުމަތް، އިވެލުއޭޝަން ހެދުން، ކައުންސެލިން ޚިދުމަތް، ސޯޝަލް ތެރަޕީ، ޑްރަގަށް ޓެސްޓްކުރުން އަދި ސައިކޮލޮޖިކަލް އެސެސްމަންޓް ހެދުން ހިމެނެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު