ތައިވާނަކީ ޗައިނާގެ ޓެރިޓަރީގެ ބައެއް، ވަކިވެގަތުމަށް ހިންގާ އަމަލުތަކާއި ދެކޮޅު: ސަރުކާރު

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ތައިވާނަކީ ޗައިނާގެ ޓެރިޓަރީގެ ބައެއް ކަމަށާއި ވަކިވެގަތުމަށް ތައިވާނުން ހިންގާ އަމަލުތަކާއި ދެކޮޅުކަމުގައި ދިވެހި ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވީ ތައިވާނުން ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ނެރުއްވި ބަޔާނެއްގައެވެ.

ތައިވާނުން މިއިންތިޚާބު ބާއްވާފައިވަނީ އިންތިޚާބު ބާއްވައިފިނަމަ ނުތަނަވަސްކަން ބޮޑުވާނެ ކަމަށް ޗައިނާއިން ބުނެފައިވަނިކޮށެވެ.

ތައިވާނުގެ ނިންމުމާއި ދެކޮޅުކަން ހާމަކުރައްވަމުން ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ރާއްޖެއިން ތާއީދު ކުރަނީ ވަން ޗައިނާ ސިޔާސަތަށް ކަމަށެވެ. އަދި ރާއްޖެއާއި ޗައިނާގެ ގުޅުން ބިނާވެފައިވަނީވެސް އެއަސާސްގެ މައްޗަށް ކަމަށްވެސް ދިވެހި ސަރުކާރުން ވަނީ ވިދާޅުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދާދިފަހުން ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައިވެސް އެޔަގީންކަން އެމަނިކުފާނު ޗައިނާއަށް ދެއްވާފައިވާނެ ކަމަށް ވިދާޅުވިއެވެ.

ދުނިޔޭގައި އޮތީ އެންމެ ޗައިނާއެއް ކަމަށާއި މުޅި ޗައިނާ ރަމްޒުކޮށްދޭ ދައުލަތަކީ ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާ ކަމަށް ވިދާޅުވަމުން ސަރުކާރުގެ ބަޔާނުގައި ވަނީ ތައިވާނަކީ ޗައިނާގެ ޓެރިޓަރީގެ ބައެއް ކަމަށް ގަބޫލުކުރާ ކަމަށެވެ.

ތައިވާނާއެކު ދިވެހި ސަރުކާރުން އެއްވެސް ގުޅުމެއް ނުބާއްވާނެ ކަމުގެ ޔަގީންކަން ދެއްވަމުން ސަރުކާރުން ވަނީ ވަކިވެގަތުމަށް ތައިވާނުން ހިންގާ އަމަލުތަކާ ދެކޮޅުކަމަށް ވަނީ ވިދާޅުވެފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު