ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަހަށް ނިންމުމަށް މަޝްވަރާކޮށްފި

ގ
10 ސެޕްޓެމްބަރު 2024 20:481 މިނިޓުގެ ކިޔުން
Aa

ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަހަށް ނިންމުމާ ގުޅޭ މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.

މި މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އިންޑިއާގެ މުމްބާއީ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އިންޑިއާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މޫނޫ މަހާވަރާ އެކު ބޭއްވި މި ބައްދަލުވުމުގައި ސަފީރު މުނޫ ވަނީ ބްރިޖު މަޝްރޫއުގެ މަސައްކަތް އަވަހަށް ނިންމަން ވަރަށްބޮޑަށް ބޭނުންކަމަށް ވިދާޅުވެފައެވެ. އަދި މި މަޝްރޫއު އަވަހަށް ނިންމުމަށްޓަކާ އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން ވެސް ދެ ބޭފުޅުންވަނީ މަޝްވަރާކުރައްވާފަ އެވެ.

ކޮންސްޓްރަކްޝަން މިނިސްޓްރީން ކުރިން ބުނި ގޮތުގައި، މިހާރު ކަނޑައަޅާފައިވާ ޝެޑިއުލްއާ އެއްގޮތަށް މަސައްކަތް ދާ ނަމަ، އަންނަ އަހަރު ފެބްރުއަރީ އަށް މާލެ އާއި ވިލިމާލެ ގުޅާލެވޭނެ އެވެ. އަދި މުޅި މަޝްރޫއު ނިންމާލެވޭނެ ކަމަށް ލަފާކޮށްފައި ވަނީ 2026 ވަނަ އަހަރުގެ ފަހުކޮޅުގަ އެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު