މިނިސްޓަރު ޒަމީރު ރަސްމީ ދަތުރެއްގައި ޔޫއޭއީ އަށް

މ
3 ސެޕްޓެމްބަރު 2024 10:591 މިނިޓުގެ ކިޔުން
Aa

ފޮރިން މިނިސްޓަރު މޫސާ ޒަމީރު

ފޮރިން މިނިސްޓަރު މޫސާ ޒަމީރު ރަސްމީ ދަތުރެއްގައި ޔުނައިޓެޑް އެރެބް އެމިރޭޓްސް (ޔޫއޭއީ)އަށް ރޭ ފުރާވަޑައިގެންފި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، މާދަމާގެ ނިޔަލަށް ޒަމީރު ކުރައްވާ ދަތުރުގައި ޔޫއޭއީގެ ބޮޑުވަޒީރުގެ ނާއިބު އަދި ހާރިޖީ ވަޒީރު، ޝެއިޚް އަބްދުالله ބިން ޒައިދު އަލް ނަހްޔާންގެ އިތުރުން އެ ގައުމުގެ ސަރުކާރުގެ އިސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ.

އަދި ޒަމީރުގެ މި ދަތުރަކީ ރާއްޖެއާއި ޔޫއޭއީއާ ދެމެދު އޮންނަ ގާތް، ރަހުމަތްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާކޮށް، ބަދަހިކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ޒަމީރު މިދިޔަ މަހު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ ސިޓީ ފުޅަކާއެކު ސައުދީ އަރަބިއްޔާގެ އިތުރުން ބަހުރެއިންއަށްވެސް ވަޑައިގެންފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު