ގައުމީ ދުވަހާއި ގުޅުވައިގެން "ނިޕޯން ޕެއިންޓް"ގެ ހާއްސަ ޕްރޮމޯޝަނެއް

މ
1 ސެޕްޓެމްބަރު 2024 11:071 މިނިޓުގެ ކިޔުން
Aa

ގައުމީ ދުވަހާ ގުޅުވައިގެން، އެސްޓީއޯ އިން ނިޕޯން ކުލައިގެ ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.

އެސްޓީއޯ އިން މިއަދު ބުނީ، އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާ އެ ޕްރޮމޯޝަނަކީ ހަމައެކަނި އެސްޓީއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ ހުޅުމާލެ ޝޯވްރޫމުން ލިބޭނެ ހާއްސަ ފުރުސަތެއް ކަމަށެވެ.

އެ ޕްރޮމޯޝަންގެ ދަށުން، ހުރިހާ ނިޕޯން ޕެއިންޓްތަކުން 10 ޕަސެންޓް ޑިސްކައުންޓް އަދި ޕެއިންޓް އެކްސަސަރީސްގެ ގޮތުގައި ހިމެނޭ ކުލަފިހި، ރޯލާ އަދި ބުރުސް ފަދަ އެހެނިހެން ކުލަލުމުގެ ސާމާނުން 15 ޕަސެންޓުގެ ޑިސްކައުންޓެއް ލިބޭނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.

އެސްޓީއޯ ހުޅުމާލެ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމް ހުންނަނީ ހުޅުމާލޭގެ ހުވަނދުމާ ހިނގުމުގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު