ރައީސްގެ އެޑްވައިޒަރަކަށް ހުންނެވި މުހުތާޒު ފޮރިންގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލުކޮށްފި

މ
24 އޮގަސްޓު 2024 16:45އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރަކަށް ހުންނެވި މުހުތާޒް މުހުސިން ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް ބަދަލު ކުރައްވައިފި އެވެ.

ރައީސް މުއިއްޒުގެ ކްރިމިނަލް ޖަސްޓިސް އެޑްވައިޒަރުގެ މަގާމަށް މުހުތާޒު އައްޔަން ކުރެއްވީ މި އަހަރުގެ ޖެނުއަރީ މަހު އެވެ. އެއީ ޕީޕީއެމް/ޕީއެންސީ ޕްރައިމަރީގައި ދަނގެތި ދާއިރާއަށް ވާދަކުރައްވައި އޭނާއަށް ނާކާމިޔާބީއާ ކުރިމަތިވެވަޑައިގަތުމުންނެވެ.

ކުރިން ޕްރޮސެކިއުޓާ ޖެނެރަލް ކަން ވެސް ކުރެއްވި މުހުތާޒު ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމަށް ބަދަލު ކުރެއްވިކަން ރައީސް އޮފީހުގެ އިސް ތަރުޖަމާން ހީނާ ވަލީދު ވަނީ މީޑިއާތަކަށް ވިދާޅުވެފަ އެވެ.

ނަމަވެސް ބަދަލު ކުރެއްވީ ކޮންއިރަކު ކަމެއް އަދި ބަދަލުކުރި ސަބަބެއް ވިދާޅުވެފައެއް ނުވެ އެވެ.

ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަންވެސް ކުރެއްވި މުހުތާޒް ފޮރިން މިނިސްޓްރީއަށް ބަދަލުކުރެއްވި އިރު، މިހާރު ހުސްވެފައިވާ ޕްރޮސިކިއުޓާ ޖެނެރަލްގެ މަގާމަށް އައްޔަން ކުރާނެ ކަމަށް ގިނަ ބަޔަކު ބުނަނީ މުހުތާޒެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު