އެމްޕީއެލް އިން ކުޅުދުއްފުށީގައި ހަދާ ބޯޓުޔާޑުގައި މި މަހު ބޯޓު ބަންނަން ފަށަނީ

މ
3 އޮގަސްޓު 2024 13:271 މިނިޓުގެ ކިޔުން
Aa

ކުޅުދުއްފުށި ސިޓީގައި އެމްޕީއެލުން ހަދަމުންދާ ފައިބާ ބޯޓު ޔާޑު

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބޯޓު ބަނުމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ހަދާ ބޯޓުޔާޑުގައި މި މަހުގެ ތެރޭގައ ބޯޓު ބަންނަން ފަށާނެ ކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވެއްޖެ އެވެ.

އެމްޕީއެލްގެ ބޯޓު ބަނުމުގެ މަޝްރޫއުގެ ދަށުން ކުޅުދުއްފުށީގައި ހަދަނީ ފައިބަރު މަސައްކަތް ކުރާ ބޯޓުޔާޑެކެވެ. އަދި ދަގަނޑުގެ މަސައްކަތްކުރާ ބޯޓުޔާޑެއް ތިލަފުށީގައި ހަދާނެ އެވެ.

ވަޖީހު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުޅުދުއްފުށީގައި ހަދާ ބޯޓުޔާޑަށް ބޭނުންވާ މުވައްޒަފުން ހޯދުމަށް އަންނަ ހަފުތާގެ ކުރީކޮޅު އިއުލާން ކުރައްވާނެ ކަމަށެވެ. އަދި ތިލަފުށީގައި ހަދާ ބޯޓުޔާޑުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

ވަޖީހު ވިދާޅުވީ، މި ސަރުކާރުން ރާއްޖޭގެ މެރިޓައިމް ސެކްޓާއަށް އިންގިލާބީ ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު