ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރެވޭނެ: އީސީ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ހޮނިހިރު ދުވަހު ބޭއްވި ބައި-އިލެކްޝަންތަކުގެ ދާއިމީ ނަތީޖާ މާދަމާ އިއުލާން ކުރައްވާނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިއްޔެ ކުރިއަށްގެންދިޔައީ މާލެ ސިޓީ މޭޔަރާއި، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ އާއި މެދު ހެންވޭރު ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާގެ އިތުރުން މ.މުލަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރު ހޮވުމަށް ބޭއްވި ބައި-އިލެކްޝަނެވެ. މިބައި- އިލެކްޝަންތަކުގެ ވަގުތީ ނަތީޖާ ރޭ އިލެކްޝަންސް ކޮމިޝަނުންވަނީ އިޢުލާންކޮށްފައެވެ.

އިއްޔެގެ އިންތިހާބުގައި މާލޭ ސިޓީގައި ވޯޓުލުމުގެ ހައްގު 54،680 މީހަކަށް ލިބޭ ނަމަވެސް ވޯޓުލުމުގެ ވަގުތު ހަމަވިއިރު ވޯޓުލާފައި ވަނީ އެންމެ 17،000 އެއްހާ މީހުން ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.

އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް މިއަދު ވިދާޅުވީ، އިންތިހާބުގައި ވޯޓު ލާފައިވަނީ ވޯޓުލެވޭ އާބާދީގެ 32 ޕަސެންޓް މީހުން ކަމަށާއި މިއީ އަންދާޒާ ކުރި އަދަދަށް ވުރެ މާ ދަށް އަދަދެއް ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު