ކަސްޓަމުން ވަކިކޮށް ސްޓޭޓް މިނިސްޓަރުކަން ދިންތާ ދެ ދުވަސްފަހުން މާނިއު އިސްތިއުފާ ދެއްވައިފި

މ
24 ޖުލައި 2024 23:531 މިނިޓުގެ ކިޔުން
Aa

ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު މުހައްމަދު

ކޮމިޝަނާ ޖެނެރަލް އޮފް ކަސްޓްމްސްގެ މަގާމުން ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ބަދަލު ކުރި ޔޫސުފް މާނިއު މުހައްމަދު، ސްޓޭޓް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވައިފި އެވެ.

ކަސްޓަމްސްގެ، ކޮމިޝަނާ ޖެނެރަލް މަގާމުން މާނިއު ވަކިކޮށް ހޯމް މިނިސްޓްރީ އަށް ބަދަލު ކުރީ މިދިޔަ ހޯމަ ދުވަހު އެވެ.

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ ވަޒީފާ މާނިއުއަށް ދިން ނަމަވެސް އޭނާ އެ ވަޒީފާއަށް ނުނިކުންނަވަ އެވެ.

އެނގިފައިވާ ގޮތުގައި ސްޓޭޓް މިނިސްޓަރުކަމުން މާނިއު އިސްތިއުފާ ދެއްވީ މިއަދުގެ ވަގުތެއްގަ އެވެ. އެކަމާ ގުޅޭ އިތުރު މައުލޫމާތު ހޯދަން މާނިއުއަށް ގުޅުމުން ފޯނަށް ޖަވާބުދީފައިނުވެ އެވެ.

މާނިއުގެ ބަދަލުގައި ކަސްޓަމްސްގެ ކޮމިޝަނާ ޖެނެރަލަކަށް އައްޔަން ކޮށްފައި ވަނީ ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ފާތިމަތު ދިޔާނާ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު