ރައީސް މުއިއްޒުގެ ވައުދާއެއްގޮތަށް ފުވައްމުލަކު އެއާޕޯޓް ބޮޑުކުރަނީ

A
10 ޖޫން 2024 19:441 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި ވައުދާއެއްގޮތަށް ފުވައްމުލަކު އެއާޕޯޓްގެ ރަންވޭ ދިގުކޮށް އެއާޕޯޓް ބޮޑުކުރަން ސަރުކާރުން ނިންމައިފިއެވެ.

ފުވައްމުލަކު ސިޓީ އެއާޕޯޓު ރަންވޭގެ އޮރިއެންޓޭޝަން ބަދަލުކޮށް ރަންވޭދިގުކުރުމާ ގުޅޭގޮތުން ފުވައްމުލަކު ސިޓީ ކައުންސިލާއި ބައްދަލުކޮށް ރީޖިނަލް އެއާޕޯޓްސް އިން ވަނީ މައުލޫމާތު ހިއްސާކޮށްފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލްގެ އިދާރާގައި ކުރިއަށްގެންދިޔަ އެ ބައްދަލުވުމުގައި އެއާޕޯޓުގެ ރަންވޭ ބޮޑުކުރެވެން ހުރި އޮޕްޝަންސްތައް ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑައިރެކްޓަރު އަހްމަދު މުބީން ވަނީ ކައުންސިލާ ހިއްސާކުރައްވާފައެވެ.

މީގެއިތުރުން ފުވައްމުލަކު ސިޓީ އެއާޕޯޓް ތަރައްގީގެ މާސްޓާ ޕްލޭނާ ބެހޭގޮތުން ވަރަށް ފުޅާދާއިރާއެއްގައި އެ ބައްދަލުވުމުގައި ވާހަކަދެކެވުނެވެ.

ފުވައްމުލަކު ސިޓީ އެއާޕޯޓަށް އަންނަ ތަރައްގީގެ ތެރޭގައި ރަންވޭ އޮރިއެންޓޭޝަން ބަދަލުކޮށް ޖެޓްޖެއްސޭވަރަށް ރަންވޭބޮޑުކުރުމާއި ޖެޓް ޕާކިންއަށް ހާއްސަކޮށް އޭޕްރައިން ޖާގަ އިތުރު ކުރުމާއ،ި ޖެޓް ފިއުލް ލިބޭނެ އިންތިޒާމު ހަމަޖެއްސުމާއ،ި ފްލައިން ސްކޫލެއް ގާއިމް ކުރުން ހިމެނެއެވެ.

މި ބައްދަލުކުރުމުގެ އެންމެ މުހިންމުކަމެއްގެ ގޮތުގައި ފުވައްމުލަކު ސިޓީ އެއާޕޯޓާއި އިންވެގެން ދެކުނަށް އޮންނަ ހުސްބިމުގައި ޓުވަރިޒަމް ޒޯނެއް ގާއިމް ކުރުމަށް ދެ ފަރާތުގެ ދެމެދުގައި ވާހަކަދެކެވިގެން ކުރިއަށްގެންދިޔުމަށް އެއްބަސްވެވުނެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު