ފިޔޯރީން ނުވަ އަހަރުގެ ކުޑަކުއްޖަކު ގެއްލިގެން ހޯދަނީ

މ
22 ޖޫން 2024 21:381 މިނިޓުގެ ކިޔުން
Aa

ގދ. ފިޔޯރީން ކުޑަކުއްޖަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.

ގެއްލިގެން ހޯދަމުންދަނީ ފިޔޯރީ/ ފިނިވާގެ، މަރިޔަމް މީނަލް މުހައްމަދު، 9އ. އެވެ.

ފިޔޯރީ ކައުންސިލުން މިރޭ ބުނީ މީނަލްގެ ހަބަރެއް އެންމެ ފަހުން ވީ މިއަދު ހަވީރު 5:35 ހާއިރު ކަމަށެވެ.

ނަމަވެސް ފުލުހުން ބުނީ، މީނަލް އެންމެ ފަހުން ފެނިފައިވަނީ މިއަދު ހަވީރު ފަހެއް ޖަހާކަންހާއިރު ގެއިން ކަމަށް އާއިލާ އިން މައުލޫމާތު ދީފައިވާ ކަމަށެވެ.

މީނަލް ހޯދުމުގެ މަސައްކަތުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް ކައުންސިލުން އެދިފައިވާއިރު، ކުއްޖާ ފެނިއްޖެނަމަ 7574670 އަށް ގުޅާ މައުލޫމާތު ހިއްސާ ކުރުމަށް ވެސް އެދިފައިވެ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު