ޖޭއެސްސީގެ ރައީސް ކަމަށް މެންބަރު ރިޒާ

މ
12 ޖޫން 2024 22:18އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

ޖޭއެސްސީގެ ރައީސްގެ މަގާމަށް އިންތިހާބުކުރި ރިޒާ

ފަނޑިޔާރުންގެ ސުލޫކީ މައްސަލަތަކާއި ފަނޑިޔާރުންނަށް ޕްރޮމޯޝަން ދިނުމާއި ފަނޑިޔާރު ކަމަށް ބޭފުޅުން އައްޔަން ކުރުމުގެ ކަންކަން ކުރާ ކޮމިޝަން، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސްގެ މަގާމަށް ރައްޔިތުންގެ މަޖިލީހުގެ މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ އިންތިހާބުކޮށްފިއެވެ.

ރިޒާއަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖޭއެސްސީއަށް ކަނޑައަޅުއްވާފައި ހުންނަވާ މެންބަރެވެ. އެ ކޮމިޝަންގެ މެންބަރުކަމުގެ ހުވާ އޭނާ ކުރެއްވީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އެވެ.

ޖޭއެސްސީގެ ރައީސާއި ނައިބު ރައީސް އިންތިހާބު ކުރާނީ އެ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.

ޖޭއެސްސީގައި ތިއްބަވާ މެންބަރުން:

  • ރައްޔިތުންގެ މަޖިލީހުގެ ރައީސް: އަބްދުއްރަހީމް އަބްދުﷲ

  • ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އާންމު މެންބަރު: ކުރީގެ މަޖިލީހުން ކަނޑައެޅި ޑރ. އުލްމުކުލްސޫމް

  • ސިވިލް ސާވިސް ކޮމިޝަންގެ ރައީސް: މުހައްމަދު ނާސިހު

  • ބަންޑާރަ ނައިބު: އަހުމަދު އުޝާމް

  • ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރު: މުހައްމަދު ސަމީރު

  • ވަކީލުންގެ ފަރާތުން އިންތިހާބުކުރާ މެންބަރު: އަލީ އަބްދުއްލަތީފް

  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރާ ފަނޑިޔާރު: ފަނޑިޔާރު ހުސްނުއްސުއޫދު

  • ހައި ކޯޓުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރާ ފަނޑިޔާރު: ފަނޑިޔާރު މުހައްމަދު ނިޔާޒު

  • ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އިންތިހާބުކުރާ ފަނޑިޔާރު: ފަނޑިޔާރު އަލީ ޝަރީފު

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު