ތިން ވަޒީރުންނަށް ރުހުން ދިނުމަށް ޕީއެންސީގެ މެޖޯރިޓީ މަޖިލީހުން ފާސްކޮށްފި

A
10 ޖޫން 2024 19:47އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އެމްޑީޕީގެ މެޖޯރިޓީ އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދޭން ފާސްކުރި ތިން ވަޒީރުންނަށް ރުހުން ދިނުމަށް ޕީއެންސީގެ ސުޕަމެޖޯރިޓީ އޮތް 20 ވަނަ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން ތިން ވަޒީރަކަށް ރުހުން ނުދިނުމަށް 19 ވަނަ މަޖިލީހުން ވަނީ ފާސްކޮށްފަ އެވެ. އެ ތިން ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި އެޓާނީ ޖެނަރަލް އަހުމަދު އުޝާމް އަދި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އުޝާމަށް ރުހުން ދިނުމަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 87 މެންބަރުންގެ އިއްތިފާގުންނެވެ. ޝަހީމަށް ރުހުން ދިނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 83 މެންބަރުންގެ އިއްތިފާގުންނެވެ. ހައިދަރަށް ރުހުން އޮތް ކަމަށް 81 މެންބަރުން ވޯޓު ދެއްވިއިރު އޭނާއަށް ރުހުން ދިނުމާ ދެކޮޅަށް ހަތަރު މެންބަރުން ވޯޓު ދެއްވި އެވެ.

މި ތިން ވަޒީރުންނަށް ރުހުން ދިނުމަށް ވޯޓަށް އެހިއިރު މަޖިލީހުގެ ތަޅުމުގައި 89 މެންބަރުން ތިއްބެވި އެވެ.

19 ވަނަ މަޖިލީހުން އެ ވަޒީރުންނަށް ރުހުން ނުދޭން ފާސްކުރި ނަމަވެސް ރައީސް މުއިއްޒު ވަނީ އަލުން އެ ތިން ބޭފުޅުން ވަޒީރުންގެ މަގާމަށް އައްޔަން ކުރައްވައި ރުހުން ހޯދުމަށް އަލުން މަޖިލީހަށް ފޮނުއްވައިފަ އެވެ.އެ މައްސަލަ އެޖެންޑާކޮށް ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ފޮނުވާފައިވަނީ އާ ދައުރުގައި މި ހަފްތާގެ ތެރޭގަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު