އިންޑިއާގެ ބޮޑުވަޒީރުކަމުގެ ތިންވަނަ ދައުރަކަށް މޯދީ ހުވާ ކުރައްވައިފި

A
10 ޖޫން 2024 19:47އަޕްޑޭޓްކުރީ 1 މިނިޓުގެ ކިޔުން
Aa

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، އެ ގައުމުގެ ބޮޑުވަޒީރުކަމުގެ ހުވާ ތިންވަނަ ދައުރަކަށް ކުރައްވައިފި އެވެ.

މޯދީ ހުވާކުރެއްވީ އިންޑިއާގެ ވެރިއަށް ދިއްލީގައި ހުންނަ ރިޔާސީ ގަނޑުވަރު ރާޝްތުރަޕަތީ ބަވަންގައި ބޭއްވި ރަސްމިއްޔާތެއްގައި މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި 72 މިނިސްޓަރުން ހުވާ ކުރައްވައި ވަނީ ކެބިނެޓް ވެސް އެކުލަވާލައިފަ އެވެ. އޭގެ ތެރޭގައި މޯދީގެ ބާރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އިސްކޮށް އޮންނަ ނޭޝަނަލް ޑިމޮކްރެޓިކް އެލަޔަންސް (އެންޑީއޭ)ގައި ހިމެނޭ ޕާޓީތަކަށް ނިސްބަތްވާ 11 މިނިސްޓަރުންނާއި ކުރީ ސަރުކާރުތަކުގައި މިނިސްޓަރުކަން ކުރެއްވި 39 މީހުން ހިމެނޭ ކަމަށް އެ މީޑިއާއިން ރިޕޯޓުކުރިއެވެ.

އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން އައުލަބިއްޔަތު ހޯދުމަށް ބީޖޭޕީން މަސައްކަތް ކުރި ނަމަވެސް، އެ ޕާޓީއަށް 543 ގޮނޑީގެ ތެރެއިން ލިބުނީ 240 ގޮނޑިއެވެ. އެހެންވެ މޯދީއަށް ޖެހިވަޑައިގަތީ ކޯލިޝަން ސަރުކާރެއް އެކުލަވާލުމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު