ޓީއެމްއޭގެ ސީ-ޕްލޭނެއް ކަނޑަށް ޖައްސަން އުޅުމުގެ ތެރޭގައި އެކްސިޑެންޓެ ވެއްޖެ

A
10 ޖޫން 2024 19:471 މިނިޓުގެ ކިޔުން
Aa

ޓީއެމްއޭގެ ސީ-ޕްލޭނެއް ކަނޑަށް ޖައްސަން އުޅުމުގެ ތެރޭގައި އެކްސިޑެންޓެ ވެއްޖެ އެވެ.

ފުލުހުން ބުނީ އެ ހާދިސާ ހިނގާފައިވަނީ ބ. އަތޮޅުގެ ރިސޯޓަކަށް ސީޕްލޭން ޖައްސަން އުޅުމުގެ ތެރޭގައިކަމަށެވެ. އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާ ނުވާކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާ ހިނގާފައިވަނީ ބ.އަތޮޅުގައި އޮންނަ، ވެސްޓިން މޯލްޑިވްސް މިރިއަންދޫ ރިސޯޓަށް ސީޕްލޭން ޖައްސަން އުޅުމުގެ ތެރޭގައެވެ.

ސޯޝަލް މީޑިއާގައި އާންމުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި ސީޕްލޭން އެކްސިޑެންޓްވެ، ވަނީ ދިޔަވެފައެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު