ފަސްޓާ ލޭޑީގެ ދޮންބައްޕާފުޅު އަވަހާާރަވެއްޖެ

A
10 ޖޫން 2024 19:471 މިނިޓުގެ ކިޔުން
Aa

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ދޮންބައްޕާފުޅު އަލީ އިބްރާހިމް (ދޮން އަލިބެ) އަވަހާރަވެއްޖެ އެވެ.

އަލީ އިބްރާހިމް، ގުލްޝަންކިނާރާ/ދ. މީދޫ އަވަހާރަވީ ރޭ ފަތިހުގެ ވަގުތެއްގަައި އުމުރުފުޅުން 78 އަހަރުގަ އެވެ.

އަލީ އިބްރާހިމްގެ މޫނު ދެއްކުމާއި ކަށުނަމާދު ކުރުން އޮންނާނީ އިސްލާމީ މަރުކަޒުގަ އެވެ. ކަށުނަމާދު އޮންނާނީ މިއަދުގެ މެންދުރު ނަމާދަށް ފަހު އެވެ. ފަސްދާނުލުމަށް ހަމަޖެހިފައިވަނީ މއ. އާސަހަރާގަ އެވެ.

ރައީސް މުއިއްޒު ވަނީ އަލީ އިބްރާހިމްގެ ކަށުނަމާދުގައި ވީހާ ވެސް ގިނަ ބަޔަކު ބައިވެރިވެދިނުމަށް އެދިވަޑައިގެންފަ އެވެ.

ގެ އަނބިކަނބަލުންގެ ދޮންބައްޕާފުޅު އަވަހާރަވުމުން ވެރިކަން ކުރާ ޕީއެންސީ އާއި ޕީޕީއެމް އިން ވަނީ ތައުޒިޔާ ކިޔައިފަ އެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު