މޯދީ ހުވާކުރައްވާ ރަސްމިއްޔާތުގައި ބައިވެރިވަޑައިގަތުމަށް ރައީސް އިންޑިއާއަށް ފުރާވަޑައިގެންފި

A
10 ޖޫން 2024 19:471 މިނިޓުގެ ކިޔުން
Aa

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމަށް މާދަމާ ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންޑިއާގެ ވެރިރަށް ދިއްލީއަށް މިރޭ ފުރާވަޑައިގެންފި އެވެ.

މިއީ ރައީސް އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅުގައި އެ މަނިކުފަނާއެކު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ފޮރިން މިނިސްޓަރުު މޫސާ ޒަމީރު ވެސް އިންޑިއާއަށް ވަޑައިގަންނަވާނެ އެވެ.

މޯދީ ހުވާ ކުރެއްވުމުގެ ޖަލްސާގެ ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ރައީސް ގަބޫލުފުޅު ކުރައްވައި އެކަން އިންޑިއާއިން، ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުނޫ މަހާވަރަށް އެންގީ މިއަދުގެ ވަގުތެއްގަ އެވެ.

މޯދީ އިންތިހާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން ރައީސް މުއިއްޒު ވަނީ މޯދީއަށް މަރުހަބާ ދަންނަވައިފައެވެ.ރައީސް މުއިއްޒު ވިދާޅުވެފައިވަނީ ތަރައްގީ އާއި ހަމަޖެހުން ހޯދުމަށް ދެ ގައުމު ގުޅިގެން ކުރެވޭ މަސައްކަތް އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

މޯދީ ވިދާޅުވެފައިވަނީ ރާއްޖެއަކީ އިންޑިއާއަށް މުހިންމު ގައުމެއް ކަމަށާއި ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާން ބޭނުންވާ ކަމަށެވެ.

މި ޚަބަރާ މެދު ތިޔަބޭފުޅާގެ ޚިޔާލަކީ؟
ޝެއާކުރޭ

ކޮމެންޓް

ކޮމެންޓްތައް ރިވިއު ކުރެވޭނެ. އިޙްތިރާމާއެކު ޚިޔާލު ފާޅުކުރައްވާ.

    ހަފްތާގެ އިތުރު ޚަބަރު